ހައްޖުގެ އަޅުކަން

ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ރާއްޖެ އަތުވެއްޖެ

Jul 20, 2022
މިއަދު ރާއްޖެ އައި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ހައްޖުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނެވެ.

ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިއަދާއި މިމަހުގެ 23 އަދި 27 ވަނަ ދުވަހު ކަމަށެވެ.

ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސައުދި އަރަބިއްޔާގެ ގައުމީ އެއާލައިން "ސައުދިއާ" އިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ދިވެހިންގެ ހާލުވެސް އާންމުކޮށް ރަނގަޅު ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. ހުރިހާ ކޯޓާއެއް ވެސް ސަރުކާރުން ދިނީ ސަރުކާރުގެ ކުންފުނި -- ހައްޖު ކޯޕަރޭޝަނަށެވެ.

އަމީރުލް ހައްޖުގެ ގޮތުގައި ދިވެހި ސަރުކާރުން މިއަހަރު އައްޔަންކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910