ޕީޕީއެމް

ހިތަދޫ ގޮނޑި ޕީޕީއެމްއަށް

މިއަދު ކުރިއަށް ދިޔަ އައްޑޫ ސިޓީ ހިތަދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކޮށްފި އެވެ.

މި އިންތިހާބުގައި ވާދަކުރީ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އެވެ. ޕީޕީއެމުން ފާތިމަތު ނަޒީހާ އަހުމަދުއެވެ. އެމްޑީޕީގެ ފަރާތުން އާމިނަތު ޝާހިދާއެވެ.

ބާރަހާހަށް ވުރެ ގިނަ މީހުންނަށް ވޯޓްލުމުގެ ހައްގު އޮތް އިންތިހާބުގައި ވޯޓްލީ ހާހެއްހާ މީހުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ވަނީ 567 ވޯޓް ހޯދާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 426 ވޯޓެވެ. ނަޒީހާ ކުރި ހޯދީ 141 ވޯޓްގެ ތަފާތުންނެވެ.

ބާތިލް ވޯޓްގެ ގޮތުގައި 14 ވޯޓް ގުނާފައިވެއެވެ.

މިއަދު ކުރިއަށް ދިޔަ އައްޑޫ ސިޓީ ހިތަދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކޮށްފައި މިވަނީ މި ފަހުން ބޭއްވުނު ބައި އިލެކްޝަންތަކުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ބަލިވެފައި ވަނިކޮށެވެ.