އިލެކްޝަންސް ކޮމިޝަން

ދެ ރަށެއްގެ ބައި އިލެކްޝަންގައި ވޯޓްލާން ފަށައިފި

ދެ ރަަށެއްގެ ބައި އިލެކްޝަންގައި ވޯޓްލާން ފަށައިިފި އެވެ.

މިއަދު ކުރިއަށްދަނީ އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓެވެެ.

މި އިންތިހާބަށް ޖުމްލަ 16 ވޯޓް ފޮށި ބަހައްޓާފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ފަސް ވޯޓް ފޮއްޓެއް ނޫނީ އެހެން ވޯޓް ފޮށިތައް 8:00 ގައި ހުޅުވާ ވޯޓްލާން ފަށާފައިވާ ކަމަަށެވެ.

އައްޑޫ ސިޓީ ހިތަދޫ ދާއިރާ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީގެ ކެންޑިޑޭޓުން ވާދަ ކުރެއެވެ.