ޑރ. އަހުމަދު ޒިޔާދު ބާގިރު

ޔޯގާ ހުއްދަ ކަމަށް ބުނާތީ ޒިޔާދުގެ ރައްދެއް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރު
0%
0%
100%

ހިންދޫން އަޅުކަމެއްގެ ގޮތުގައި ދެކޭ ޔޯގާ ހެދުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް އިލްމުވެރީން ވިދާޅުވުމުން އެކަން ގަބޫލުކުރަން ދެކޮޅު ހަދަމުންދާ މީހުންނަަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަރުގަދަަ ރަައްދެއް ދެއްވައިފި އެވެ.

ޔޯގާއަކީ ޝިރުކެއްކަން އިލްމުވެރީންގެ އިޖްމާއުން އެނގެން ނެތް ކަމަަށާ އަދި ވަކި ބައެއްގެ ފަލްސަފާއަކީ ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަދު ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ. މައުމޫން ވިދާޅުވި ގޮތުގައި ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެއީ އާދައިގެ ކަސްރަތެކެވެ.

އެކަމަށް ރައްދު ދެއްވާ ޑރ. ޒިޔާދު ވިދާޅުވީ ޔޯގާ ހަރާމް ކަމަށް ވިދާޅުވާ އިސްލާމީ އެތައް މުއައްސަސާތަކާއި ފަތުވާ މަޖްލިސްތަކާއި އިސްލާމީ ދުނިޔޭގެ ގިނަ މީހުން އިލްމީ ގޮތުން އެންމެ ގާބިލް އިލްމުވެރިންގެ ފަތުވާ ޔޯގާ ހަރާމްވި ސަބަބު ވަރަށް ތަފްސީލު ބަޔާން ކޮށްފައިވާ ކަމަށެވެ. އެފަދަ އެތައް ފަތުވާއެެއް ޒިޔާދު ވަނީ އާންމުންނަަށް ފެންނާނެހެން ޝާއިއު ކުރައްވާފައެވެ. މީގެ އިތުރުން ޒިޔާދު ވިދާޅުވީ ގްރީކް އޯތޮޑޮކްސް އެންމެ ބޮޑު ފަންޅިންވެސް ގްރީކް އޯތޮޑޮކްސް މަޒްހަބުގެ މީހުންނަށް ޔޯގާއާ ދުރުހެލިވުމަށް އަންގަވާފައިވާ ކަމަށެވެ.

ޒިޔާދު ވިދާޅުވީ އިސްލާމް ދީނުގައި ދެ އިލާހަކަށް އަޅުކަން ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. އަދު ބުދު ދީނުގެ ފާދިރީން ޔޯގާ އަކީ ބުދު ދީނުގެ އަޅުކަމެއް ކަމުގައި ބުނަމުންދާ ކަމަށާ އެ ހަރަކާތަކީ ބުދު ދީނުގެ އިލާހަށް އަޅުކަން ކުރުން ކަމުގައި އެމީހުން ދެކޭ ކަމަށެވެ.

ނަމަވެސް ބުދު ދީނުގެ ފާދީރީންނަށް ވުރެ ދިވެހީންގެ ތެރޭގައި އުޅޭ ބައެއް މީހުންގެ ހާލަތު ދެރަ ކަމަށް ވިދާޅުވިއެވެ. އަދި އެކަންކަމާ ދޭތެރޭ ވިސްނަވާ ޝިކުރުގެ އަމަލުތަކާ ދުރުހެލިވުމަށް ޒިޔާދު ގޮވާލެއްވިއެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނުވޭސް

ޒިޔާ ގޯހެއްނެތް ގްރީކް ގެ ތިޔައެއްޗެއް އުފަންވީ އަދި ޢިސްލާމްދީނުގެ ބޮޑެތި އިލްމްވެރިންގެ ފަތުވާތަށް ފެނުނުލެއް ލަސްކަމުން ހޮތާމަކުރަން

ސައި

މަނިކުފާނު މިނިސްޓަރަކަށް ހުންނެވިއިރުވެސް ޔޯގާބޭއްވި އޭރު ޔޯގާ ހަލާލުތޯ

ޒިޔާދު

ތިބޭފުޅުންގެ ވެރިކަމުގައިވެސް ހެންވޭރު ދަނޑުގައި ޔޯގާހެދި އޭރު އޯކޭ މިހާރު ތިއުޅުއްވަނީ ދެފައިންޕުޅަށް ހިނިއަރައިގެންތޯ؟

މަގޭ ރައުޔު

ޔޯގާއަކީ އަޅުކަމެއް ނޫން. އަހަރެންގެ އިލާހަކީ ﷲ. އަހަރެން ޔޯގާ ހަދަނީ ކަސްރަތެއްގެ ގޮތުގަ. ހިތުގަ އޮންނަނީ ކަސްރަތު. ބުދާ ބެހޭ ކަމެއް ނޯވޭ.

2000

އެހެން ދީނުގެ މީހުން ކުރާ ކަމެއް ކުރުން ހުއްދަ ވާނެތޯ އެއީ އެމީހުންގެ ދީނީ ކަމެއް ކަމަށް ބުނާއިރު

އައި

ރާވެސް ބޯންވީނު. ހިތުގަ ނެތް މަސްތުވުމެއް. ބުދަށް ސަޖިދަ ވެސް ޖަހާ. ހިތުގަ އޮތީ އިލާހަކީ ﷲ. ވަލީދު ބުން މުޣީރާ އަކީ ނުބައިކަންތައްކުރުމުގަ މަޝްހޫރު މީހެއް އެޒަމާނުގަ. ރިބާ ކެއުމާއި ޒިނޭކުރުމާއި ފޭރުމާއި ޣީބަ ބުނުމާއި މިކަންތައްތައް އިސްލާމްދީނުގައި މަނާކުރީމަ އެންމެ ރުޅިއައީވެސް އެކަހަލަ ނުބައި މީހުން. ރަސޫލާ ސ.އ.ވ ގެ ޙަދީޘުތަކާއި ކީރިތި ޤުރުއާނުގެ ތަފްސީރާއި ސަޙާބީ ބޭކަލުންގެ ރައުޔާއި ތާބިޢީ ބޭކަލުންގެ ރައުޔު ކިޔައި ދަސްކޮށް އެޢިލްމު ރަނގަޅަށް ޙާސިލުކޮށްގެން ތިބި ޢިލްމުވެރިން ބުނީމަ އެއަށް ޖަދަލު ކުރަން މިނިކުމެ ތިބީ. ފުރަތަމަ ޤުރުއާނުގަ އޮތްގޮތަށް ބާ ޢަމަލު ތިބެހެއްޓެނީ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910