ރައީސް އޮފީސް

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔަކަށް ހިސްކޮ

Aug 1, 2022
2

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ވެރިޔަކަށް -- ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމަށް މުހައްމަދު ހިސާން އަލީ (ހިސްކޮ) ހަމަޖައްސަވައިފި އެވެ.

އިއްޔެގެ ވަގުތެއްގައި ހިސްކޮ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން ޒިންމާ އުފުއްލަވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމުގައި މީގެކުރިން ހުންނެވީ އިބްރާހީމް ހޫދު އެވެ.

ހޫދު އަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ވެރިޔާ އެވެ. ހޫދު އަވަސް އަށް މިއަދު ވިދާޅުވީ ފޮރިން ރިލޭޝަންސްގެ ދާއިރާގައި ކުރަންޖެހޭ މަސައްކަތްތައް ގިނަވުމުން ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމު އަދާކުރެއްވުމަށް ދަތިތަކެއް ހުރި ކަމަށެވެ.

"އެހެންވެ ރައީސްއަށް މިބަދަލު ގެނެސްދެއްވުމަށް ދަންނަވާފައި އޮންނަތާ އަހަރެއް ވަރު ވެދާނެ. އިއްޔެ މި ބަދަލު އައީ،" ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ހޫދު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ހޫދު އައްޔަންކުރެއްވީ 2018 ގަ އެވެ. މީގެކުރިން ހޫދު ވަނީ ސްޕޯކްސްޕާސަންގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މިވަގުތު ހުންނެވީ މުހައްމަދު މަބްރޫކް އަޒީޒެވެ.