ދިރާގު

ދިރާގުގެ ބޯޑަށް ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ އަބްދުއްރަހީމް

Aug 2, 2022

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް -- ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ބޭފުަކު އައްޔަންކުރައްވައިފި އެވެ.

މިމަގާމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މ. ހިލްއިންދަގާޑްން އަބްދުﷲ އަބްދުއްރަހީމް އެވެ.

އަބްދުﷲ އަކީ ބިޒްނަސް އާއި އެކައުންޓިން ދާއިރާ އިން ކިޔަވާ ވިދާޅުވެ އެ ދާއިރާގައި ކުރިން މަސައްކަތް ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އޮފީހުން ނަން ފޮނުވުމުން ކުންފުނިތަކުގެ ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަންކުރަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދުގެ ވަގުތެއްގައި އަބްދުﷲ އަބްދުއްރަހީމް އައްޔަންކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ބުނެފަ އެވެ.