އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީގެ އެމްޑީ ކުޑީ މަގާމުން ވަކިކޮށްފި

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކޮށްފި އެވެ.

ކުޑީ މިއަދުގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ކަމަށް އަވަސް އަށް ވަނީ ޔަގީންކުރެވިފަ އެވެ.

ކުޑީ ވަކިކުރި ވަކި ސަބަަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އެކަމަކު އޭނާއާއި އެމްއެމްޕީއާރްސީގެ ބޯޑު މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ހުރި ކަމަށް އެނގިފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު މަގާމުން ވަކިކުރައްވާފައި މިވަނީ އެ ކުންފުނީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި ބޯޑު މެންބަރު ރާފިލް މުހައްމަދުވެސް އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ކުންފުނީގެ ބޯޑު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވީ ބޯޑުގެ ބައެއް ނިންމުންތައް ކުޑީ އަމަލުކުރަން ބޭނުން ނުވުމާއި، ބޯޑުގެ ނިންމުމާ ހިލާފަށް ބައެއް ހަރަދުތައް ކުރަމުންދާތީ ކަމަށް އެނގިފައިވެ އެވެ.