އެސްޓީއޯ

އެސްޓީއޯ އިން ނިޕޯން މެޓެކްސް ކުލަ ތައާރަފްކޮށްފި

Aug 11, 2022

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުން ގެންދާ ނިޕޯން ޕެއިންޓުގެ އާ ވައްތަރެއް ތައާރަފުކޮށްފި އެވެ.

އެސްޓީއޯގެ ޓްރޭޑް ސެންޓަރުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ތައާރަފްކުރީ "ނިޕޯން މެޓެކްސް" ޕެއިންޓުގެ ހަތް ލީޓަރުގެ ދަޅެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވީ މީގެކުރިން ކަސްޓަމަރުން ބޭނުންވި ކުލަތައް ފޯރުކޮށްދިނުމުގައި ބައެއް ފަހަރު ދަތިތަކެއް ކުރިމަތިވި ކަމަށާއި ނިޕޯން މެޓެކްސް ތައާރަފްކުރުމާ ގުޅިގެން އެކަމަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

"މެޓެކްސް މި ހުންނާނީ ބޭނުންވާ ކުލަތައް ތައްޔާރުކޮށް ދަޅުގައި ބަންދުކޮށްފައި. އެހެންވީމާ ބޭނުންވާ ކުލަ އުފެއްދުމަށް ބޭނުންކުރާ ބޭސްމިކްސް ހުސްވުމުން ކުރިން އެ ދިމާވަމުން ދިޔަ ދަތިތައް ދެން ދިމާނުވާނެ،" އަމުރު ވިދާޅުވި އެވެ.

އަމްރު އިތުރަށް ވިދާޅުވީ ނިޕޯޓް މެޓެކްސް އަކީ މާކެޓްގައި މިހާރު ލިބެން ހުރި ކުލަތަކަށް ވުރެ އަގު ހެޔޮ ކުލަތަކަކަށް ވާތީ ކަސްޓަމަރުންނަށް އެކަމުންވެސް ލުއިތަކެއް ލިބޭނެ ކަމަށެވެ.

އިމާރާތްތަކުގެ އެތެރެއާއި ބޭރުގައިވެސް ބޭނުންކުރެވޭ މެޓެކްސްގެ ސަބަބުން އިމާރާތްކުުރުމުގެ ދާއިރާގެ މަސައްކަތްތަކަށް ފަސޭހަތަކެއް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.