އެސްޓީއޯ

ދިވެހި އުފެއްދުންތައް ބޭރުގައި ވިއްކޭނޭ ގޮތް ހޯދިއްޖެ: އަމްރު

Feb 25, 2023
2
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު -- ފޮޓޯ: އަވަސް
0%
0%
0%

ދިވެހި އުފެއްދުންތައް ރާއްޖެއިން ބޭރުގައި ވިއްކޭނެ ގޮތް ހޯދިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމުރު މިހެން ވިދާޅުވެފައި މިވަނީ މިމަހުގެ 20 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ދިޔަ ގަލްފް އެކްސްޕޯގައި އެސްޓީއޯގެ ސްޓޯލެއް ބަހައްޓައިގެން ދިވެހި އުފެއްދުންތައް ވިއްކުމަށްފަހު އެެވެ.

ދުބާއީގައި ކުރިއަށް ގެންދިޔަ ގަލްފް އެކްސްޕޯ އަކީ ދުނިޔޭގެ މިފަދަ އެންމެ ބޮޑު އެއް އެކްސްޕޯ އެވެ. މި އެކްސްޕޯގައި 125 ގައުމަކުން 5،000 އަށް ގިނަ ކުންފުނިން ބައިވެރިވެފައިވެ އެވެ.

ގަލްފް އެކްސްޕޯގައި ބަހައްޓާފައިވާ އެސްޓީއޯގެ ސްޓޯލް -- ފޮޓޯ: އެސްޓީއޯ

މި އެކްސްޕޯގައި އެސްޓީއޯ އިން މައިގަނޑު ގޮތެއްގައި ދައްކާލީ އެކުންފުނިން ވިއްކާ ޗޮއިސް ބްރޭންޑް އުފެއްދުންތަކާއި މިފްކޯ އިން އުފައްދާ މަހުގެ އުފެއްދުންތަކެވެ. އެގޮތުން ޗޮއިސް ބްރޭންޑްގެ ބާސްމަތީ ހަނޑޫ، ކޮންޑެންސް މިލްކް، ސަންފްލާވަ، ކަޕްނޫޑްލްސް، ވެޖިޓަބްލް އޮއިލް ފަދަ އުފެއްދުންތައް ދައްކާލި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ބައިނަލްއަގްވާމީ ވިޔަފާރިއަށް ވަނުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"ދިވެހިން އުފައްދާ ތަކެތި ރާއްޖެއިން ބޭރުގަ ވިއްކޭނެ މަގުވެސް ހޯދިއްޖެ،" ގަލްފް އެކްސްޕޯގައި ބައިވެރިވުމުގެ ކާމިޔާބީ ފާހަގަކުރައްވަމުން އަމްރު ވިދާޅުވެފައިވެ އެވެ.

ގަލްފް އެކްސްޕޯގައި ބަހައްޓާފައިވާ އެސްޓީއޯގެ ސްޓޯލް -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ގެންދަނީ އާ ވިޔަފާރިތަކަށް ވަދެ ޒަމާނީ ވަސީލަތްތަކާ އެކު ވިޔަފާރި ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އެސްޓީއޯ އިން ގެންދަނީ ހުޅުމާލޭގައި ސޭލްސްމަނެއް އަދި ކޭޝިއަރެއް ވެސް ނުހުންނަ ގޮތަށް ހިދުމަތް ދޭ ފިހާރައެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަދި ރާއްޖޭގައި ކާޑުގެ ބާވަންތައް ބަންދުކޮށްގެން ވިއްކުމަށްވެސް އެސްޓީއޯ އިން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910