ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. މިއަދު ހެނދުނު ވަނީ ރާއްޖެ ވަޑައިގެންފައި -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ސީޝެލްސްއަށް ވަޑައިގެންފައެވެ. ރައީސް ނަޝީދުގެ މި ދަތުުރުފުޅަކީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެން ދެން ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ.

އެ ގައުމުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި މިވަނީ މި މަހުގެ 19 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމާފައި ވަނިކޮށެވެ.

އަދި ރަައީސް ސޯލިހާއި އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށެވެ. ކުރީވެސް ދެ ރައީސުންްގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެއް ޖިންސުން ގުޅުން ހިންގި މަައްސަލައެއްގައި ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ދެ ރައީސުންގެ ގުޅުން އިތުރަށް ގޯސްވިއެވެ.

އެ މައްސަލާގައި ކޯފާ އިސްކުރައްވާ ނަޝީދު ވަނީ ރައީސް ސޯލިހްގެ ބަރަހަނާ ފޮޓޯތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފައެވެ. އެ ފޮޓޯތައް އާންމު ކުރައްވަންވީތޯ ސުވާލުވެސް ކުރެއްވިއެވެ. ފަހުން ވިދާޅުވީ އެ ފޮޓޯތައް ހުރި ފޯން މީހަކު ފޭރިގެންފައިވާ ކަމަށެވެ. ފޯން ފޭރި ގަތީ ދަރިކަނބަލުންނާއެކު ޔޫކޭގެ ރެސްޓޯރަންޓެއްގައި އިންނަވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910