ދުނިޔެ

ޑްރަގް ލޯޑް "އެލް ޗަޕޯ" އެމެރިކާގެ ޖަލަށް!

މެކްސިކޯގެ އެންމެ ބޮޑު ޑްރަގް ލޯޑް އަދި އެގައުމުގެ އެންމެ "ވޯންޓެޑް" މީހާ ކަމުގައިވާ ޖޯކިން މަޝްހޫރު ނަމުން ނަމަ، 'އެލް ޗައްޕޯ' ގަޒުމެން އެމެރިކާގެ ޖަލަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މެކްސިކޯގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މީގެ ހަމަސް ކުރިން ފިލި ޖަލުގައި މިހާރު ބަންދުކޮށްފައި ހުރި އެލް ޗަޕޯ އެމެރިކާ ޖަލަށް ބަދަލުކުރަން ނިންމީ އެމެރިކާ އާއި މެކްސިކޯ އާއި ދެމެދު ހަދާފައިވާ ކުށްވެރިންގެ ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުންނެވެ.

މީގެ ކުރިންވެސް އެލް ޗަޕޯ އެމެރިކާ އާއި ހަވާލުކުރުމަށް އެ ގައުމުން އެދިފައިވެ އެވެ. އެހެން ނަމަވެސް އެދެފަހަރުވެސް މެކްސިކޯ އިން ނިންމީ އޭނާ އެ ގައުމުގައި ބަހައްޓާށެވެ.

މެކްސިކޯގެ ބާރުގަދަ ސިނޯލާ ކާޓެލްގެ ވެރިޔާ އެލް ޗައްޕޯ ވަނީ މީގެކުރިން ދެ ފަހަރު ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އެ ދެ ފަަހަރުވެސް އޭނާ ވަނީ ޖަލުން ފިލާފަ އެވެ.

މިދިޔަ ޖުލައ މަހު އޭނާ ހައްޔަރު ކުރިތާ 17 މަސްދުވަސް ފަހުން ޖަލުން ފިލީ އޭނާ ހުންނަ ގޮޅީގެ ފާހާނާގެ ތެރެއިން ކޮނެފައި ހުރި ޓަނަލް އެއްގެ ތެރެއިން ނުކުމެގެންނެވެ. އެ ޖަލަކީ މެކްސިކޯގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ޖަލެވެ. ޖަލުގައި ހުރި 1.5 ކިލޯ މީޓަރުގެ ޓަނަލަކުން ބޭރަށް ނުކުންނަށް އޭނާ ބޭނުންކޮށްފައި ވަނީ ސައިކަލެކެވެ.

އޭގެ ކުރިން 1993 އަހަރު އެލް ޗައްޕޯ ޖަލަށް ލުމުން އޭނާ ފިލާފައިވަނީ 2001 ވަނަ އަހަރު ލޯންޑްރީ ކާޓް އެއްގެ ތެރެއަށް ވަދެ ފިލައިގެންނެވެ.

މިދިޔަ ހުކުރު ދުވަހުވެސް އޭނާ ހައްޔަރުކުރުމަށް ފުލުހުންނާއި ސިފައިން އޭނާ ދިރިއުޅޭގެ ރެއިޑް ކުރުމުންވެސް އޭނާ ފިލަން މަސައްކަތް ކޮށްފައިވެ އެވެ.

އެލް ޗަޕޯ އަކީ އޭނާގެ މައްޗަށް ޑްރަގް ޓްރެފިކިން، މަނީ ލޯންޑްރިން ފަދަ ބޮޑެތި މައްސަލަ ތަކުގެ ދައުވާވެސް އުފުލާފައިވާ މީހެކެެވެ.