އިމިގްރޭޝަން

ޕާސްޕޯޓްގެ ހިދުމަތް މެދުކެނޑިއްޖެ

Aug 15, 2022

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ މިއަދު ހެނދުން ފެށިގެން ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އެހެން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް އަލުން ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ހިދުމަތް ދޭން ދެން ފެށޭނީ މެންދުރު 12:00 ޖަހާއިރު ކަމަށް ބެލެވޭ ކަަމަށް ވަނީ ބުނެފައެވެ.

ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިފައިވާތީ އިމިގްރޭޝަނުން ވަނީ މާފަށް އެދިފައެވެ.