ޖޭއެސްސީ

ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަނީ

Aug 15, 2022

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 29 ވަނަ ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާއާ އެކު ޖުމްލަ 46،650 ރުފިޔާ ލިބެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.

ސިވިލް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައިވާއިރު، މިދިޔަ މަހު އެ ކޯޓުގެ ފަނޑިޔާރު ޒުބައިރު މުހައްމަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އިސްތިއުފާ ދިނުމާ ހަމައަށް ޒުބައިރު އައީ 2015 ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގައި ފަނޑިޔާރުކަން ކުރައްވަމުންނެވެ.