ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީގެ އެކުވެނި ޓްރެކް ގްރޫޕުތަކަށް މަހަކު 75،000ރ. އަށް ކުއްޔަށް

Aug 24, 2022
4

ޔޫތު މިނިސްޓްރީގެ ދަށުގައި ހުރި ހުރިހާ ތަނެއް ކުއްޔަށް ދޭން ނިންމައި، އެކުވެނި ދުވާ ޓްރެކް- ސިންތެޓިކް ޓްރެކް- ސަރަހައްދު 75،000ރ. އަށް ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ ފަންޑެއް އުފެއްދުމުގެ ގޮތުން މިނިސްޓްރީގެ ދަށުގައި ހުރި ހުރިހާ ތަނެއް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ކޮންމެ ރެއަކު ވެސް ކްލާސްތައް ނަގަމުންދާ ޓްރެކް ސަރަހައްދަށް ކުލީގެ ގޮތުގައި ޖަހާފައިވަނީ މަހަކު 75،000ރ. އެވެ.

މީގެ އިތުރުން ޕާކް ކުރާ ސައިކަލްތަކުން މަހަކު 500 ރުފިޔާގެ ފީއެއް ނަގާނެ އެވެ. އަދި ސަރުކާރު ސްކޫލް، މަދަރުސާ، ކޮލެޖް، އިންސްޓިޓިޔުޓް، ޔުނިވާސިޓީތަކުގެ ބޭނުމަށް ސޯޝަލް ސެންޓަރު އިންޑޯ ހޯލް ކުއްޔަށް ދޭނީ ގަޑިއަކަށް 2،00 ރުފިޔާ އަށް އަދި ދުވާލަކު 25،000 ރުފިޔާ އަށެވެ. މީގެ އިތުރުންވެސް އެހެން ތަންތަނުން ކުލި ނެގޭނެ ގޮތް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ފަންޑަކީ އެކިއެކި ތަންތަނުން ކުރެވެން ހުރި މާލީ މުއާމަލާތްތަކާއި އެތަންތަން ދިގުމުއްދަތަށް ތަރައްގީކުރުމާއި، އޭގެން ލިބޭ ކުއްޔާއި، ކުރަންޖެހޭ އެކިއެކި ހަރަދުތައް ކުރުމަށް ފަސޭހަކުރުމަށާއި، މިނިސްޓްރީގެ އެހެނިހެން ނަފާގެ ގޮތުގައި ލިބޭ ފައިސާ ޖަމާކުރުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން އުފައްދާ ހިންގުމަށް ހުޅުވާފައިވާ ފަންޑެެއް ކަމަށެވެ.