މުހައްމަދު އަސްލަމް

އެއްވެސް އިރަކު މަލިކަކީ ރާއްޖޭގެ ތަނެއް ނޫން: އަސްލަމް

Aug 24, 2022
7
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަނީ. އެއްވެސް އިރަކު މަލިކަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް އަސްލަމް ވިދާޅުވި -- ފޮޓޯ: މަޖިލިސް
0%
0%
0%

ރާއްޖޭގެ އުތުރުގައި މަލިކަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަލިކު ރާއްޖޭގެ ތަނަކަށް ނުވަނީ ކީއްވެގެންތޯއޭ ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ބޯޑަރާ ގުޅޭގޮތުން ރާއްޖޭގެ މައްސަލައެއް ނެތް ކަމަށެވެ. އަދި އެފަދަ މައްސަލައެއް ރާއްޖޭން އިސްވެ ނަގާފައިވެސް ނެތް ކަމަށެވެ.

"ސާފުކޮށް މިދެންނެވީ ދިވެހިރާއްޖޭގެ ޓެރިޓަރީގައި ހިމެނޭ ރަށެއްގެ ގޮތުގައި ދުވަހަކުވެސް އަޅުގަނޑުމެން ހިމަނާފައި އޮތް ރަށެއް ނޫން މަލިކަކީ،" އަސްލަމް ވިދާޅުވި އެވެ.

މިހާރު އިންޑިއާގެ ރަށެއްގެ ގޮތުގައި އޮތް މަލިކަކީ ރާއްޖޭގެ ރަށެއް ނޫން ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް ތާރީހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މަލިކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ.

އަވަސްއާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މަލިކަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ހެކިދޭ ބައެއް ތަކެއްޗާ ބައެއް ލިޔުންތައް މަލިކުން ފެނިފައިވާ ކަމަށެވެ. އަދި މަލިކު މީހުންގެ އާދަކާދައާއި ސަގާފަތާއި ވާހަކަދައްކާ ގޮތަށް ބަލާއިރުވެސް މަލިކަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށް ބުރަވެވެ އެވެ.

"އަލީ ރާޖާއިންނާ ދިވެހި ދައުލަތާ ދެމެދު އެކި ފަހަރު މަތިން ހިނގާދިޔަ ކޯޅުންތަކުގައި މަލިކު ދިވެހިންގެ އަތުން ގެއްލިގެން ދިޔަ ކަން ތަރީހުން އެބަ އެނގޭ. އެހެންކަމުން މަލިކު މައްސަލައިގައި މައުލޫމާތު އޮޅުމަކީ ދެރަކޮށް ވާކަމެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910