އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް މާލެ ވަޑައިގެންފި

އިންޑިއާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު އަބްދުއްރަހީމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އިންޑިއާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު އަބްދުއްރަހީމް މާލެ ވަޑައިގެންނެވީ އިއްޔެ އެވެ.

އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެކަމަށްވާ ލޮކް ސަބާގެ ރައީސް އާއި ގާނޫނު ހަދާ މަޖިލީހުގެ މަތިގެކަމަށްވާ ރާޖްޔަ ސަބާގެ ޗެއާމަންގެ ދައުވަތަކަށެވެ.

މި ދަތުރުގައި އަބްދުއްރަހީމް ވަނީ ލޮކް ސަބާގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީއާއި އަރުޝީފް އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ޑިޖިޓަލް އާކައިވްއެއް ގާއިމުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ލޮކް ސަބާގެ ރައީސްއަށް އެރުވި އެވެ.

އަބްދުއްރަހީމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލީހުގެ އަމީންއާންމުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910