ރައްޔިތުންގެ މަޖިލިސް

އިންޑިއާގެ ސަފީރަކަށް އަޒީމާ އައްޔަންކުރަން ރުހުން ހޯދަން މަޖިލީހަށް

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމަށް މ. ބީނާފުށި، އައިޝަތު އަޒީމާ އައްޔަންކުރުމަށް ނިންމަވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ ހ. ޖެހޭވައި، އިބްރާހީމް ޝަހީބް އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި އަޒީމާއަށް ރުހުން ދިނުމާ މެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

އަޒީމާއަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފަ އެވެ.

އަޒީމާ ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމު އަދާކުރައްވާފަ އެވެ.