ރައްޔިތުންގެ މަޖިލިސް

އިންޑިއާ ސިފައިން ބޭލުމުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ -- ފޮޓޯ: މަޖިލިސް
0%
0%
0%

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެންބަރުންނެވެ.

ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގައި އެއްބަސްވެފައިވާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ އެއްބަސްވުން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހަށް ހާމަކުރުމަށް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ. އަދި ރާއްޖޭގައި މިލިޓަރީ ވިސާގައި ތިބި ސިފައިންގެ އަދަދު ހާމަކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ރާޢްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެލައްވާ އެގްރީމެންޓްތަކުގެ އެފަދަ މާއްދާތައް ފާހަގަކޮށް ފޮރުވުމެއް ނެތި ރައްޔިތުންނަށް ހާމަކުރުމަށްވެސް ގޮވާލާފައިވެ އެވެ.

ކުއްލި މައްސަލައިގައި ބަހުސްކުރައްވަމުން މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ވާހަކަތައް ދެކެވޭއިރު އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަވެގެންދާން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މިހާ ހިސާބަށް އައިއިރުގައި އަދި އަޅުގަނޑުމެންނަކަށް މިލީޓަރީ ވިސާގައި ރާއްޖޭގައި ތިބީ ކިތައް އިންޑިއާ ސިފައިންތޯ، ހަތިޔާރު ހުރީ ކޮންތާކުތޯ، ހަތިޔާރު އެޅި ސިފައިން ތިބީ ރާއްޖޭގެ ކޮން ރަށެއްގައިތޯ ނޫނީ ކޮން ސަރަހައްދެއްގައިތޯ މިއިން އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ހާމަވެފައިނުވޭ،" އަހުމަދު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910