މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ދޭނެ ހާއްސަ ލިސްޓެއް ހަދާފައެއް ނޯންނާނެ: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މުހައްމަދު އަސްލަމް މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
0%
0%
0%

މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް ލިބޭ މީހުން ދުރާލައި ކަނޑައަޅައި ވަކި ހާއްސަ ލިސްޓެއް އަދި ހަދާފައި ނޯންނާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތިންވަނަ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރަށް އިމްތިޔާޒު ކުރެއްވި ސުވާލަކީ "މާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރަނީ މަޖިލީހުގައި ތިބި ސަރުކާރުގެ ބައެއް މެންބަރުން ގެންގުޅުއްވާ ލިސްޓަކަށް ކަމަށް އެބޭފުޅުން މާލެ ތެރޭގައި ހަބަރުފަތުރަމުންދާތީ އެއީތޯ ސަރުކާރުން ނިންމާފައިވާ ގޮތަކީ؟' ސާފުކުރުމަށެވެ.

"ވަކި ބޭފުޅުންކޮޅެއް ބޭނުންވާ ލިސްޓެއް ނޯންނާނެ. އަޅުގަނޑަކަށް ނޭނގެ އެ ބޭފުޅުން އެގޮތަށް ވާހަކަ ދައްކަވާ ކަމެއްވެސް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އެކަހަލަ އެއްވެސް ވާހަކައެއް އަޑުވެސް އައްސަވާފައި ނުވާ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދައްކާނަމަ އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން ޔަގީންކޮށްދެއްވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އެފަދަ ވާހަކަތައް މިހާރު ދައްކާކަމަށް އިމްތިޔާޒް ވިދާޅުވާ މެންބަރުން ފިޔަވާ އިތުރު ބަޔަކު އެފަދަ ވާހަކަތަކެއް ދެއްކި ނަމަވެސް އެއީވެސް ހަގީގަތެއް ހިމެނޭ ވާހަކަތަކެއް ނޫން ކަމަށެވެ.

މާލެއިން މިހާރު ދޭން ނިންމާފައިވަނީ 5،000 ގޯއްޗެވެ. ނަމަވެސް މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އިތުރުން އިތުރު ގޯތި ދޫކުރާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910