އަހުމަދު މަހްލޫފު

އިތުރަށް ހަ ދުވަހަށް މަހްލޫފް ބަންދުގައި ބެހެއްޓި ގާނޫނާ ހިލާފަށް: އެންއައިސީ

Aug 26, 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުން ކުރި ހުކުމުގެ މުއްދަތު ހަމަވުމުން މިނިވަން ނުކޮށް އިތުރު ހަ ދުވަސް ވަންދެން މަހްލޫފް ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ނިންމައިފި އެވެ.

މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވެ އޭނާ ޖަލަށްލީ 11 މަހާއި 24 ދުވަހަށެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު ދެ ދައުވާގެ ހުކުމް ތަންފީޒުކޮށް ނިމި މަހްލޫފް މިނިވަންކުރަންޖެހެނީ ޖޫން 3، 2017 ގައެވެ.

ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އޭނާ ޖަލު ބަންދުން މިނިވަންކުރީ ހުކުމްގެ މުއްދަތު ހަމަވުމުބް އިތުރަށް ހަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ކަމަށް އެންއައިސީގެ ނިންމުމުގައިވެ އެވެ.

ގާނޫނާ ގަވައިދާ ހިލާފަށް ޖަލުގައި ބެހެއްޓި މައްސަލަ ބަލައިދިނުމަށް މިނިސްޓަރު މަހްލޫފް އެންއައިސީ އަށް ހުށަހެޅުއްވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވިއިރު އެވެ.

އެންއައިސީގެ ނިންމުމާ ގުޅިގެން ބަދަލު ހޯދުމަށް ދައުވާ ކުރުމާ މެދު މަހްލޫފް އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވެ އެެވެ.