ނިމިދިޔަ އީދު ޗުއްޓީއާއި ސްކޫލުތަކުގެ ބޮޑު ޗުއްޓީގައި ގިނަ އަދަދެއްގެ މީހުން މާލެއިން ބޭރަށް ދިޔަ އެވެ. އެއާއެކު އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ދުއްވާ ސައިކަލުތައް ޕާކުކޮށްފައި މަގުތަކުގައި ހުއްޓެވެ.
މި ފާއިތުވި ޗުއްޓީ ދުވަސްވަރަކީ އާދަޔާ ހިލާފަށް ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް ރިޕޯޓު ކުރެވިފައިވާ ދުވަސްވަރެކެވެ.
މިއީ ސޯޝަލް މީޑިއާއިން ވެސް ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ.—ސައިކަލު ގެއްލިގެން ހޯދުމަށް އާންމުންގެ އެހީއަށް އެދި ފޮޓޮއާއި ނަންބަރު އާންމުކުރުމެވެ.
ގިނަ ފަހަރަށް މާލޭގެ ކޮންމެވެސް ތަނަކުން ސައިކަލު ސަލާމަތުން ފެނެ އެވެ. އެކަމަކު ސައިކަލު ގެއްލިގެން އުޅޭ މުއްދަތަކީ ތިމާއަށް ލިބޭނެ ތުރާލެކެވެ. ގެއްލުމެކެވެ.
ރާއްޖޭގައި ދުއްވާ އިންޖީނުލީ ކޮންމެ އެއްގަމު އުޅަނދަކަށް ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސެއް ނެގުން ލާޒިމު ނަމަވެސް އެ ޕްލޭނުގެ މަގުސަދަކީ ތިމާގެ އުޅަނދުގެ ސަބަބުން ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމަކަށް ބަދަލު ދިނުމެވެ.
ތިމާއާއި ތިމާގެ އުޅަނދަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ހިޔާރުކުރައްވަން ޖެހޭނީ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރަންސް ޕްލޭނެކެވެ.
އެލައިޑް އިންޝުއަރަންސްގެ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރަންސްގެ ބޭނުމަކީ ވެސް އެއީއެވެ. ތާޑް ޕާޓީ ޕްލޭނަކުން ލިބޭ ފައިދާތަކުގެ އިތުރުން ތިމާގެ އަމިއްލަ ސައިކަލާއި ނަފުސަށް ވެސް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމެވެ. އެގޮތުން އެކްސިޑެންޓުވުން، އަލިފާނުގެ ހާދިސާއެއް ހިނގުން، ގުދުރަތީ ހާދިސާއެއް ހިނގައިގެން ގެއްލުންވުން، މަތިން އެއްޗެއް ވެއްޓިގެން ގެއްލުންވުން، ސައިކަލަށް ބަޔަކު ގަސްދުގައި ގެއްލުން ދިނުން އަދި ސައިކަލު އެއްތަނުން އަނެއް ތަނަށް އުފުލާ ވަގުތު ގެއްލުމެއް ލިބިއްޖެ ނަމަ އެކަންކަމަށް ބަދަލު ލިބޭނެ އެވެ.
ސައިކަލު ވަގަށް ނެގުމުން ލިބޭ ގެއްލުމަކީ ކޮމްޕްރެހެންސިވް ޕްލޭނުން ކަވަރުކޮށްދޭ ކަމަކަށް ނުވި ނަމަވެސް ބޭނުން ނަމަ އެއީ އިންޝުއަރަންސް ޕޮލިސީއަށް އިތުރުކުރެވިދާނެ އިހުތިޔާރީ ކަވަރޭޖެކެވެ. އެ
ޑް-އޮންއެއްގެ ގޮތުގައި ތެފްޓް ކަވަރޭޖަކާއެކު ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރަންސް ޕްލޭނެއް ނެގުމުން ސައިކަލަށް ލިބޭނީ އެންމެ ފުރިހަމަ ރައްކާތެރިކަމެވެ. އެލައިޑް އިންޝުއަރަންސް އަދި އަޔާދީ ތަކާފުލްއިން ވެސް ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސް/ތަކާފުލް އަދި ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރަންސް/ތަކާފުލް ޕްލޭން ލިބޭނެ އެވެ.