ދ. ކުޑަހުވަދޫއަށް ދެމުންގެންދާ ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 1،200 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެއް ބަހައްޓައިފި އެވެ.
ފެނަކަ އިން ވަނީ އާ ޖަނަރޭޓަރު ސެޓާ އެކު ސިންކްރޮނައިޒިން ޕެނަލެއް ވެސް ފޮނުވާ އިންސްޓޯލްކޮށްފަ އެވެ.
މީގެ އިތުރުން ކުޑަހުވަދޫގެ ބައެއް ހިސާބުތަކަށް ދައްކޮށް ކަރަންޓް ލިބޭ މައްސަލަ ހައްލުކުރުމަށް އެލްވީ އަދި އެޗްވީ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާފަ އެވެ.

ކުޑަހުވަދޫގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ ގޮތުން 3،407 މީޓަރުގެ ކޭބަލް ވަޅުލާފައިވެ އެވެ. އަދި ހަތަރު ޓްރާންސްފޯމަރާއި ފަސް ރިންގް މެއިން ޔުނިޓް ބަހައްޓާފައިވެ އެވެ. މީގެއިތުރުން 25 ޑިސްޓްރިބިއުޝަން ފޮށި ބަދަލުކޮށްފައިވެ އެވެ.