ހޮލީވުޑް

"ޓިކެޓް ޓު ޕެރެޑައިޒް"އަކީ ހިތްގައިމު ރޮމޭންޓިކް ކޮމެޑީއެއް

ޖޯޖް ކްލޫނީ އާއި ޖޫލިއާ ރޮބާޓްސްގެ "ޓިކެޓް ޓު ޕެރެޑައިޒް" އަކީ ބަލާލަން ހިތްގައިމު ރޮމޭންޓިކް ކޮމެޑީއެކެވެ.

މި ފިލްމްގެ ތީމަކީ ދަރިންނަށް އެންމެ ރަނގަޅީ ކޮން ކަންތައްތަކެއްކަން އެނގޭނީ މައިން ބަފައިންނަށް ކަމެވެ.

މި ފިލްމްގައި ޖޯޖް ކްލޫނީއާއި ޖޫލިއާ ރޮބަޓްސް އަކީ ވަރިވެފައިވާ ދެ މީހުންނެވެ.

މި ދެމީހުންގެ އަންހެން ދަރިފުޅު، މީހަކާ ދިމާވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނި ކުރަން ނިންމުމާ ގުޅިގެން، ޖޯޖް އާއި ޖޫލިއާ 25 އަހަރު ކުރިން ކައިވެނި ކޮށްގެން ހެދުނު ގޯސް ރިޕީޓް ވެދާނެތީ، އެ ދެ މީހުން ދުރުކުރުވުމަށް ކުރާ މަސައްކަތްތަކުން މުލިން ހެއްވާލަ އެވެ.

އޮލް ޕާކަ ޑައިރެކްޓްކުރި މި ފިލްމްގައި ކެއިޓްލީން ޑީވަ އާއި މެކްސީމް ބޫޓިއަ ބިލީ ލޯޑް އާއި ލޫކަސް ބްރާވޯ ވެސް ފެނިގެންދާނެ އެވެ. '

ޖޯޖް އާއި ޖޫލިއާ އަކީ އެތަކެއް އަހަރުވީ ގާތް ދެ ރަހްމެތްރެރިންނެވެ. މި ދެ ތަރިން ވަނީ އޯޝަންސް އިލެވެން، ކޮންފެޝަންސް އޮފް އަ ޑޭންޖަރަސް މައިންޑް، މަނީ މޯންސްޓާ ފަދަ ފިލްމަތައް އެކީ ކުޅެފަ އެވެ.

"ޓިކެޓް ޓު ޕެރެޑައިޒް" ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު 21 ވަނަ ދުވަހު އެވެ.