މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން ގޯސް، ސަމާލުވޭ

Sep 4, 2022

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މިއަދު މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ހާމަކޮށްފި އެވެ.

މޫސުން ގޯސްވެފައިވާތީ ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަން އަންގައިދިނުމަށްޓަކައި މެޓް އޮފީހުން މިހާރު ވަނީ ވައިޓް އެލާޓް ވެސް ނެރެފި އެވެ.

އެލާޓްގެ ވަގުތަކީ މިއަދު ހެނދުނު 8:15 އިން މެންދުރުފަހު 2:00 އެވެ.

މެޓް އޮފީހުން ބުނީ އެލާޓްގެ ވަގުތުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ގަޑިއަކު 19 އާއި 24 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. މޫސުން އެންމެ ގޯސްވާ ވަގުތު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުމާ އެކު ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ މޫސުމަށް ބަލައިގެން ފިޔަވަޅުތައް އެޅުމަށާއ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ނޫނީ ދަތުރު ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.