އިލަން މަސްކް

އެލަން މަސްކް "ދަ ރިންގްސް އޮފް ޕަވަ" އަށް ފާޑު ކިޔައިފި

ޓެސްލާގެ ސީއީއޯ އެލަން މަސްކްއަކީ ހައްސާސީ ކަންތައްތަކާ ގުޅިގެން ސޯޝަލް މީޑިއާ އަދި އާންމު ނޫސްތަކަށް އާ މީހެއް ނޫނެވެ.

މިފަހަރު އެލޯން މަސްކް ސޯޝަލް މީޑިއާގައި ޓްރެންޑްވެފައިވަނީ އެމެޒޯން ޕްރައިމްގައި ސްޓްރީމް ކުރަމުންދާ މިހާތަނަށް އެންމެ ބޮޑު ބަޖެޓެއްގައި އުފައްދަމުންދާ "ލޯޑް އޮފް ދަ ރިންގްސް: ދަ ރިންގްސް އޮފް ޕަވަ" އަށް ފާޑު ކިޔުމުންނެވެ.

މި ސީރީޒްގެ ދެ އެޕިސޯޑް ބެލުމަށްފަހު އެލޯން ވަނީ "ޓޯލްކިއެން ވަޅުލާފައި އޮތްތަނުގައި އެނބުރޭނެ. މިހާތަނަށް އަދި ފެންނަ ހުރިހާ ފިރިހެން ކެރެކްޓަރުންނަކީ ފިނޑި، ނުކެރޭ މީހެއް ނޫނީ ވިޔާނުދާ، ލަޓޯފަޓޯ މީހުން، ނޫނީ މި ދެ ސިފަ ހުންނަ މީހުން. ހަމައެކަނި ގެލެޑްރިއަލް ހިތްވަރު ގަދައީ، ވިސްނުންތޫނީ އަދި ރަނގަޅީ." ބުނެ ޓްވީޓްކޮށްފަ އެވެ.

އެލޯން މި ސީރީޒްއަށް ތައުރީފްކުރި ކުރި ހަމައެކަނި ކަމަކީ ގެލެޑްރިއަލްގެ ކެރެކްޓާ މޯފީޑް ކްލާކް ކުޅޭކަމެވެ. މި އީ މި ސީރީޒްގެ ލީޑް ކެރެކްޓަރެވެ.

އެލޯން މަސްކް އެމެޒޯން ޕްރައިމްގެ މި ސީރީޒްއަށް ފާޑު ކީއިރު، އެލޯން މަސްކާއި އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޯސްއަކީ ވަރަށް ވާދަވެރި ދެ ހަތުރުންނެވެ.

ނާސާއިން އެލޯން މަސްކްގެ ރޮކެޓް ކުންފުނި ސްޕޭސްއެކްސް އަށް 2.9 ބިލިއަންގެ ކޮންޓްރެކްޓެއް ދިނުމާ ގުޅިގެން ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިން ކުންފުނިން ނާސާއާ ދެކޮޅަށް ކުރި ދައުވާ އިން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.