މޯލްޑިވްސް ޕޮލިސް ސާވިސް

ތިން ފުލުހަކަށް ހަމަލާދީގެން ދެ މީހަކު ހައްޔަރުކޮށްފި

Sep 9, 2022

މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްޑް ޑިޕާޓްމަންޓްގައ މަސައްކަތް ކުރާ ފުލުހުން ތަކަކަށް ހަމަލާ ދީފި އެވެ.

ފުލުހުންނަށް މިއަދު ހެނދުނު 11:50 ހާއިރު ހަމަލާ ދިނީ މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިންނެވެ.

މިހަމަލާއާއި ގުޅިގެން ފުލުހުން ބުނީ ތިން ފުލުހަކަށް ހަމަލާދީފައިވާ ކަމަށާއި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަނިޔާވި ފުލުހުންނަށް އޭޭޑީކޭގައި ފަރުވާ ދެމުންދާއިރު އެކި ފުލުހުންނަށް އަނިޔާވެފައިވަނީ އެކި މިންވަރަށް ކަމަށް ފުލުހުން ބުނެ އެވެ.

"މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ފުލުހުންނަށް ބަޔަކު ހަމަލާ ދިނީ މާލޭގެ ގޭންގެއް ބަޔަކު ހައްޔަރުކުރުމުގައި ފުލުހުން ކުރި އަމަލުކުރި ގޮތުން ބަދަލު ހިފަންކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މިކަމުގައި ފުލުހުން އެއްޗެއް ނުބުނެ އެވެ.

ފުލުހުންނަށް ހަމަލާދިން ކަމަށް ބުނާ ބަޔަކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯ ތަކެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.