ޖަރުމަނަށް ހިޖުރަކުރާ ގިނަ އަދަދެއްގެ ހިޖުރަވެރިން އޮސްޓްރިއާއަށް ފޮނުވަން ޖަރުމަނު ސަރުކާރުން ފަށައިފި އެވެ.
މިކަމާއި ގުޅޭގޮތުން އޮސްޓްރިއާ ފުލުހުން ބުނީ ދުވަހެއް ދުވަހަކަށް އެގައުމަށް ހިޖުރާ މީހުންގެ އަދަދަު އިތުރުވަމުން އަންނަ ކަމަށެވެ.
ހަބަރުތައް ބުނާ ގޮތުގައި ޖަރުމަނު ސަރުކާރުން ހިޖުރަވެރިން ފޮނުވާލަން ފެށީ އެގައުމަށް އެތެރެވާ ގިނަ ހިޖުރަވެރިންގެ އަތުގައި އެމީހުންނާ ބެހޭ ޑޮކިއުމެންޓްސް ތައް ހަމައަށް ނުހުންނާތީ އާއި ޑޮކިއުމެންޓްސް ތައް ކަމާބެހޭ މުއައްސަސާތަކަށް އެމީހުން ހުށަހަޅަން ބޭނުންނުވާތީއެެވެ.
އާ އަހަރު ފެށުން ފާހަގަ ކުރަމުން ދަނިކޮށް ޖަރުމަނުގެ ކޮލޯން ނަމަކަށް ކިޔާ އަވަށުގައި އަންހެނަކަށް މީހަކު ހަމަލާދިނުމުންނެވެ. އެހަމަލާ ދިން ކަމަށް ތުހުމަތު ކުރަނީ ހިޖުރަވެރިންނަށެވެ. މިކަންކަމުގެ ސަބަބުން އެގައުމުގެ ޗާންސެލަރ އެންޖެލާ މާކެލް ވަނީ ވަރަށް ބޮޑަށް ޕްރެޝަރުތަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ޖަރުމަނުން އޮސްޓްރިއާ އަށް ފޮނުވި މީހުންގެ ތެރޭގައި ސީރިޔާ މީހުން މަދުކަން ފާހަގަ ކުރެވެއެވެ. އޮސްޓްރިއާ ފުލުހުން އެގައުމަށް ފޮނުވާ ގިނަ ހިޖުރަވެރިންގެ ތެރޭގައި ގިނައި އަފްގާނިސްތާނު، މޮރޮކޯ އަދި އަލްޖީރިއާ މީހުން ކަމަށެވެ.
"ކުރިން ދުވާލެއްގެ މައްޗަށް ފޮނުވާލަނީ 60 މީހުން. އެކަމަކު މިއަހަރު ފެށުނު ފަހުން އެއަދަދު 200 އަށްވަނީ އިތުރުކޮށްފަ." އޮސްޓްރިއާ ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައި ވެއެވެ.
މިދިޔަ ހަފްތާގައި ސޫދާން އަދި ޑެންމާކުން ވަނީ އެގައުމަށް ހިޖުރަ ކުރާ މީހުންނަށް ބޯޑަރ ކޮންޓްރޯލް ތައާރަފް ކޮށްފަ އެވެ.