ޖޭއެސްސީ

ގާޒީ އަލީ އަބްދުﷲއަށް ފިޔަވަޅު އަޅައިފި

Sep 18, 2022

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އަށް ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފިޔަވަޅު އަޅަން ނިންމީ ވަގުތީ އަމުރަކަށް އެދި ދައުވާކުރާ ފަރާތުން ހުށަހެޅުމުން އެފަދަ މައްސަލައެއްގައި ގޮތް ނިންމުމަށް އޮންނަ އެކަށީގެންވާ މިންވަރަށް ވުރެ ގިނަ ދުވަހުން ގޮތް ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގަށް ފާހަަގަވުމުންނެވެ.

ގާޒީ އަލީ އަބްދުﷲ އެގޮތަށް އަމަލުކުރުން އެއީ ފަރުވާކުޑަކަމުގެ އަމަލެއްގެ ގޮތުގައި ޖޭއެސްސީން ދެކެ އެވެ.

ވަގުތީ އަމުރު ނެރުމުގައި ގާޒީ އަލީ އަބްދުﷲ އަމަލުކުރީ ގާނޫނުއަސާސީއާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

ގާޒީ އަލީ އަބްދުﷲ އަށް އެޅި ފިޔަވަޅަކީ ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމެވެ.