ފިނިޕޭޖް

"އެކްސްޓްރެކްޝަން 2"ގައިވެސް ކްރިސް

މާވެލް ސިނަމެޓިކް ޔުނިވާސްގައި ތޯ ގެ ރޯލް އަދާކުރާ ކްރިސް ހެމްސްވާތުގެ 2020 ގައި ނިކުތް އެކްޝަން ފިލްމު "އެކްސްޓްރެކްޝަން"ގެ ދެވަނަ ބައި ކުޅެނީ އެވެ.

"އެކްސްޓްރެކްޝަން 2" ގެ ޓީޒާގައި ފެނިގެންދަނީ ކުރީގެ ފިލްމަށް ވުރެ ގިނަ އަދި މޮޅު އެކްޝަން މަންޒަރުތަކެވެ. މިސާލަކަށް ދުއްވަމުންދާ ޓްރޭނެއްގެ މައްޗަށް ހެލިކޮޕްޓަރެއް ޖެއްސުން، އަދި އެއްފަހަރުން ޝޫޓްކުރި ދިގު އެކްޝަން ސީނެއްގެ މަންޒަރެވެ.

މި ފިލްމްގެ ޑައިރެކްޓަރު ސޭމް ހާގްރޭވް ބުނީ ފިލްމަކަށް "2" ލައިގެން ހަދާނަމަ، އެއަށް ދެގުނަ އެކްޝަން ގެންނަން ޖެހޭނެ ކަމަށެވެ.

"އެކްސްޓްރެކްޝަން"ގައި ކްރިސް ކުޅުނީ ޓައިލާ ރޭކް ކިޔާ ބްލެކް މާކެޓް މާސަނެރީއެއްގެ ރޯލެވެ.

ޓައިލާއަކީ ފައިސާއަށްޓަކައި ކޮންމެ ކަމެއްވެސް ކުރާ މީހެކެވެ. އަދި އޭނާއަށް ލިބޭ މިޝަންއަކީ އެނާގެ ހަޔާތުގައި އެންމެ ނުރައްކާތެރި މިޝަން އެވެ.

މި ފިލްމް ޕްރޮޑިއުސްކުރަނީ "އެވެންޖާސް: އެންޑް ގޭމް" ޕްރޮޑިއުސްކުރި ޖޯ އަދި އެންތަނީ ރޫސޯ އެވެ. މި ފިލްމް ރިލީޒްކުރާނީ 2023 ގައެވެ.

ކްރިސް ހެމްސްވާތުގެ އެންމެ ފަހުން ނިކުތީ "ތޯ: ލަވް އެންޑް ތަންޑާ" އެވެ. މި ފިލްމާމެދު ކްރިޓިކުންނާއި ފޭނުންގެ ހިޔާލުތަފާތު ވެފައިވެ އެވެ.