ސްޓޮކް އެކްސްޗޭންޖް

ވިޔަނަ ޕްލެޓްފޯމް އިފްތިތާހުކޮށްފި

Sep 29, 2022

ސެކިއުރިޓީޒް ގާނޫނުގެ ދަށުން ޕްރައިވެޓް ސެކިއުރިޓީސް ސެގްމަންޓް އޮޕަރޭޓްކުރުމަށް އެކުލަވާލި ޕްލެޓްފޯމް "ވިޔަނަ" އިފްތިތާހުކޮށްފި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ގާއިމުކުރި މި ޕްލެޓްފޯމް މެދުވެރިކޮށް، ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕްރައިވެޓް ކުންފުނިތަކަށް ލިބޭނެ އެވެ.

މިޕްލެޓްފޯމްގެ ސަބަބުން ކެޕިޓަލް މާކެޓުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ކުންފުނިތަކަކަށް ވެސް އޮންނާނެ އެވެ. އަދި އިންވެސްޓްކުރުމަށް ބައެއް އާ ފުރުސަތުތައް ވެސް ހުޅުވިގެންދާނެ އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްނަމަ ވިޔަނަ ޕްލެޓްފޯމް މެދުވެރިކޮށް ހިއްސާ ވިއްކޭނެ އިންތިޒާމު މިހާރު ހަމަޖެހޭނެ އެވެ. މައިގަނޑު ޝަރުތަކީ ކުންފުންޏަކީ އެއް އަހަރު ވެފައިވާ ވިޔަފާރި ކުންފުންޏަކަށް ވުމާއި އެއް އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓެއް ހުށަހެޅުމެވެ.

ހިއްސާ ވިއްކޭނެ ފަރާތްތަކާއި ހިއްސާގެ އަގުތައް ބަލަހައްޓާ ރެގިއުލޭޓް ކުރާ އިދާރާ އަކީ ސީއެމްޑީއޭ އެވެ.