ސައުދީ އަަރަބިއްޔާ

އުމްރާއަށް ދާ މީހުންނަށް ތިން މަހުގެ ވިސާ ދެނީ

Oct 3, 2022
ރާއްޖެއިން ދިޔަ ބަޔަކު އަޅުކަން އަދާކުރަނީ: އުމްރާއަށްދާ މީހުންނަށް ތިން މަސް ދުވަހުގެ ވިސާ ދޭން ސައުދީން ވަނީ ނިންމާފަ: ފޮޓޯ އަވަސް
0%
0%
0%

އުމްރާގެ އަޅުކަން އަދާކުރަންދާ މީހުންނަށް ތިން މަސް ދުވަހުގެ ވިސާދިނުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފި އެވެ.

ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލް-ރާބިއާ ވިދާޅުވި ގޮތުގައި އުމްރާގެ އަޅުކަން އަދާކުރުމަށް އެގައުމަށްދާ ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ތިން މަސް ދުވަހުގެ ވިސާ ދިނުމަށް ވަނީ ނިންމާފަ އެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށްދާ މީހުންނަށް މީގެ ކުރިން ދެނީ އެއް މަސް ދުވަހުގެ ވިސާ އެވެ.

ޑރ. ތައުފީގު މިކަން ހާމަކުރެއްވީ އުޒްބެކިސްތާނަށް ކުރެއްވި ރަސްމީ ދެ ދުވަހުގެ ދަތުރުފުޅުގަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ސައުދީ އަރަބިއްޔާއިން ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. ނަމަވެސް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ސައުދީ ސަރުކާރުން ވަނީ އެ ފިޔަވަޅުތައް ދޫކޮށްލާފަ އެވެ.

މިހާރު ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށްވެސް އުމްރާވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910