އޮސްޓްރޭލިޔާގެ ސިޑްނީގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް އެ ގައުމުގެ މަޝްހޫރު އޮޕެރޭ ހައުސް ބަންދުކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.
މި އޮޕަރޭޝަންގެ ސަބަބުން އެ ސަރަހައްދުގެ ފެރީގެ ނިޒާމުވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލަންޖެހުނެވެ. ނަމަވެސް މިހާރު ވަނީ ފެރީގެ ނިޒާމް ކުރިއެކޭ އެއްގޮތަށް އަލުން ފަށާފައި ދަތުރުތައް ފަށާފަ އެވެ.
އޮޕެރާ ހައުސް ގެ އިތުރުން ރޯޔަލް ބޮޓޭނިކް ގާޑެން ވެސް ފުލުހުން ބަންދުކުރި އެވެ. އެ ގާޑެންވެސް މިހާރުވަނީ ހުޅުވާފަ އެވެ.
ފުލުހުން ބުނީ އެ ދެތަން ބަންދުކުރީ ބޮމެއް އޮތް ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. އެ ދެތަން ބަންދު ކުރުމަށް އަލުން ހުޅުވާފައި ވަނީ ދެ ގަޑިއިރެއްހާ ފަހުންނެވެ.
އޮޕެރާ ހައުސް އަދި ރޯޔަލް ބޮޓޭނިކް ގާޑަން އަކީ އެގައުމަށްދާ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ވަރަށް މަގުބޫލް ދެ ތަނެވެ.