ފިނިޕޭޖް

ކްލޯފުޓް: ސައިކޮލޮޖިކަލް ތްރިލާއެއް

ޔޭލް އިންޓަނޭޝަނަލްގެ ސައިކޮލޮޖިކަލް ތްރިލާއަށް ފްރެންޗެސްކާ އީސްޓްވުޑް އާއި މައިލޯ ގިބްސަންގެ އިތުރުން އޮލީވިއާ ކަލްޕޯ އާއި ނެސްތާ ކާބޮނެލް އަދި އޮލިވާ ކޫޕާ ގުޅިއްޖެ އެވެ.

މައިކަލް ޑޭ ޑައިރެކްޓްކުރާ މި ފިލްމްގެ ޕްރޮޑަކްޝަން ކަންތައް މިހާރު ނިމިފައިވީ ނަމަވެސް މި ފިލްމް ރިލީޒްކުރާ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މިއީ މައިކަލް ޑޭގެ ފުރަތަމަ ފީޗާ ފިލްމެވެ.

އޭޕްރިލް ވުލްފްގެ މި ވާހަކައިގައި މެނިޕުލޭޓް ކުރާ ކޮންޓްރެކްޓަރެއް (މައިލޯ ގިބްސަން) މުއްސަނދި ހައުސްވައިފްއެއް (ފްރެންޗެސްކާ އީސްޓްވުޑް) ނަފްސާނީ ގޮތުން ބިރުގަންނަވާ ގޯނާ ކުރެ އެވެ. އޮޅުން ބޮޅުން އަރާ، ވާނުވާ ނޭނގޭ "ކްލެވާ ކެޓް-އެންޑް.މައުސް ގޭމް" އަކަށް ވެގެންދެ އެވެ.

ފްރެންޗެސްކާ އީސްޓްވުޑް އަކީ ހޮލީވުޑްގެ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ތަޖުރިބާ ކާރު އެކްޓަރު އަދި ޑައިރެކްޓަރު ކްލިންޓް އީސްޓްވުޑްގެ ދަރިފުޅެވެ. ހަމަ އެހެންމެ، މައިލޯ ގިބްސަން އަކީ ތަޖުރިބާކާރު އެކްޓާ މެލް ގިބްސަންގެ ދަރިފުޅެވެ.

ފްރެންޗެސްކާގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "އޯލްޑް"، "އަ ވަޔަލަންޓް ސެޕަރޭޝަން"، "ޓްވިން ޕޯކްސް"، "ދަ ވޯލްޓް"، "ފާގޯ"، "އައުޓްލޯޒް އެންޑް އޭންޖަލްސް"، "އަވޭކް" ،"ޓްރޫ ކްރައިމް" ފަދަ ފިލްމް ހިމެނެ އެވެ.

މައިލޯގެ ފިލްމް ލިސްޓުގައި "ހެކްސޯ ރިޖް"، "ދަ ޓްރިބްސް އޮފް ޕާލޮސް ވަރްދޭ" ،"ގޭންގްސްޓާ ލޭންޑް"، "މިޝަން އޮފް އޮނާ"، 'އޯލް ދަ ޑެވިލްސް މެން" ފަދަ ފިލްމް ހިމެނެ އެވެ.