ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަހްރައިން ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Oct 8, 2022
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަހްރައިން އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.

ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއްވެސް ރައީސް ސޯލިހާ އެކު ބަހްރައިން އަށް ވަޑައިގެންނެވި އެވެ.

ރައީސްގެ ދެކަނބަލުންގެ މިދަތުރުފުޅުގައި މިދިޔަ ބުރާސްފަތި ދުވަހު ބަހްރައިންގެ ޝާހީ ގަނޑުވަރު -- ގުޟައިބިއްޔާއިން މަރުޙަބާ ވިދާޅުވީ ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ އެވެ.

ރައީސް ސޯލިހް ވަނީ ބަހްރައިންގެ ރަސްގެފާނާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ވެސް ކުރިއަށް ގެންދަވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި އިއްޔެ ވަނީ ބަހްރައިންގެ ވަލީއަހްދު، ޑެޕިއުޓީ ސްޕްރީމް ކޮމާންޑަރު އަދި ބަޙްރައިންގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވާފަ އެވެ. ރައީސް ވަނީ ބަހްރައިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑަށް ޒިޔާރަތްކުރައްވައި ބޮޑު ވަޒީރުގެ ނައިބު އަދި ބަހްރައިން މުމްތަލަކަތް ހޯލްޑިންގް ކޮމްޕެނީގެ ޗެއާމަންއާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ބަހްރައިން ޓެލެކޮމިއުނޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާ ވެސް ރައީސްގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާފައިވެ އެވެ.

ރައީސްގެ ދެކަނބަލުން ބަހްރައިނަށް ކުރެއްވި މިދަތުރުފުޅަކީ މިހާތަނަށް ރާއްޖޭގެ އެންމެ އިސްވެރިއަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910