ފިނިޕޭޖް

އެޑަމްސް ފެމިލީގެ "ވެންސްޑޭ" ސީރީޒް

ޗާލްސް އެޑަމްސް އުފެއްދި ދި އެޑަމްސް ފެމިލީ ކޮމިކް ކެރެކްޓާސްގެ ތެރެއިން ވެންސްޑޭ އެޑަމްސްއަށް ބިނާކޮށްފައިވާ "ވެންސްޑޭ" ސީރީޒް ނެޓްފްލިކްސްއަށް 23 ނޮވެމްބަރުގައި އަންނަނީ އެވެ.

ދި އެޑަމްސް ފެމިލީ ކޮމިކްސް އަށް ކާޓޫން ސީރީޒަކާއި ފިލްމްތައް ވަނީ މީގެ ކުރިން ހަދާފަ އެވެ.

ޓިމް ބާޓަން ޑައިރެކްޓްކުރާ "ވެންސްޑޭ" ސީރީޒްގައި ވެންސްޑޭގެ ރޯލްއަދާކުރަނީ ޖެއްނާ އޯޓޭގާއެވެ. އަދި ވެންސްޑޭގެ ބައްޕަ ގޮމޭޒް އާއި މަންމަ މޯޓީޝީއާގެ ރޯލް އަދާކުރަނީ ލުއިސް ގޫޒްމަން އާއި ކެތަރިން ޒީޓާ-ޖޯންސް އެވެ. އަންކަލް ފެސްޓާގެ ރޯލް ފްރެޑް އާމިސަންއެވެ.

މީގެ އިތުރުން ޕަގްސްލީގެ ރޯލް އައިސާކް އޯޑޮނެޒް އަދާކޮށް، މެރިލީން ތޯންހިންގެ ކެރެކްޓާ ކުޅެނީ 1991 ގައި ނިކުތް "ދި އެޑަމްސް ފެމިލީ" އަދި 1993 ގައި ނިކުތް "ދި އެޑަމްސް ފެމިލީ ވެލިއުސް" ގައި ވެންސްޑޭގެ ރޯލް އަދާކޮށްފައިވާ ކްރިސްޓީނާ ރިޗީއެވެ.

ދި އެޑަމްސް ފެމިލީ ކޮމިކްތަކަކީ ޓިމް ބާޓާންގެ ސްޓައިލަށް އަނދިރި، ގޮތިކް އަދި މަކާބް ސްޓައިލްގެ ވާހަކަ އެކެވެ.

މި ސީރީޒްގެ ޓްރޭލާއިން ފެންނަނީ ވެންސްޑޭ ނެވަމޯ އެކަޑަމީއަށް ވަދެ، ވެންސްޑޭގެ ސައިކިކް ބާރުތައް ދަސްކޮށް ތަރައްގީކުރުމަށް މަސައްކަތްކުރާ ތަނެވެ. މީގެ އިތުރުން އެ ރަށުގައި މިސްޓީރިއަސް މޮންސްޓާއެއް މީހުން މަރާތީ އެކަން ހުއްޓުވުމަށް މަސައްކަތްކުރުމުގެ އިތުރުން ވެންސްޑޭގެ މަންމަ އާއި ބައްޕައަށް ކުރިމަތިވި ސުޕާނެޗުރަލް މިސްޓްރީ ހައްލުކުރުމަށް މަސައްކަތްކޮށް ހަދައެވެ.

ޓިމް ބާޓަން އަކީ "ބިގް ފިޝް"، "ބެޓްމޭން"، "ބެޓްމޭން ރިޓާންސް"، "ބީޓްލްޖޫސް" ފަދަ ފިލްމާއި ޖޮނީ ޑެޕްއާއެކު "އެޑްވަޑް ސިޒާހޭންޑްސް"، "އެޑް ވުޑް"، "ނައިޓްމެއާ ބެފޯ ކްރިސްމަސް"، "ސްލީޕީ ހޮލޯ"، "ޗާލީ އެންޑް ދަ ޗޮކްލެޓް ފެކްޓަރީ" ފަދަ ފިލްމް ހަދާފައިވާ ޑައިރެކްޓަރެކެވެ.