މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަނީ

Oct 10, 2022

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަލީލް މިއާ، ބަންގްލަދޭޝް (35އ)

ފުލުހުންގެ އިދާރާ އިން ބުނީ ޖަލީލް ހޯދަމުންދާނީ ހުޅުމާލެ ފުރަތަމަ ފިޔަަވަހީގައި ހިންގާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ.

އޭނާ ހޯދަން އިއުލާން ކުރީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކިތަނެއް ފުލުހުންނަށް އެނގިފައި ނުވާތީ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަަވަހީގައި ހިންގާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ޖަލީލަށް އަންގާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު އެވެ.

ފުލުހުން ވަނީ ޖަލީލްއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.