މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ ޒުވާނެއް ހައްޔަރުކޮށްފި

Oct 10, 2022

މާލޭގައި ފުޅާދައިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ޒުވާނެކެވެ.

އޭނާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ތުއްރަވާސް ގޯޅިންނެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމުން ޑްރަގް ޓްރެފިކް ކުރާ މީހެއް ކަމަށް ކަނޑައަޅަން ގާނޫނުގައި ބުނާ މިންގަނޑަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ހުރި މިންވަރެއްވެސް ނުބުނެ އެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.