ޓިކްޓިކް

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅުނު މީހާ 15 ދުވަހަށް ބަންދު

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އަންހެނަކަށް ވެގެން އުޅުނު މުހައްމަދު ނަބީލް ނުވަތަ ޔާޔާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި ނަބީލް ބަންދުގައި ބެހެއްޓުމަށް މިއަދު ކޯޓުން މުއްދަތު ޖެހީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

ނަބީލް އަކީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި އުޅޭތީ މީގެކުރިންވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.

އެފަހަރު އޭނާ ހައްޔަރުކޮށް ދައުލަތުން ވަނީ އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާ އުފުލާފަ އެވެ. އޭރު ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް ކޯޓުން ވަނީ އޭނާ އެއް އަހަރާއި އެއް މަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

ނަބީލް އިއްޔެ އަލުން ހައްޔަރުކޮށްފައި މިވަނީ މިނިވަންވުމަށްފަހު އަނެއްކާވެސް އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދަމުންދާތީ ގިނަ ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ހުރުމުންނެވެ.