ޓިކްޓިކް

ޓިކްޓޮކްގައި ބަރަހަނާވި މީހަ ދޫކޮށްލައިފި

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާންމުކުރި ދިވެހި މީހާ ދޫކޮށްލައިފި އެވެ.

ބަރަހަނާ ވީޑިއޯ އާންމުކުރި 36 އަަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަކި ޝަރުތުތަކަކާއެކު ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ޕީޖީ އޮފީހުން ނުދެ އެވެ.

ބަރަހަނާ ވީޑިއޯ އާންމު ކުރި މީހާ އެކަމަށް އެއްބަހެއް ނުވެ އެވެ. އަދި އެ ވީޑިއޯ އިން ފެންނަނީ އެހެން މީހެއް ކަަމަށް އޭނާ ބުނެ އެވެ.

ބަރަހަނާވި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެމީހާ ވަނީ އެ އެޕްލިކޭޝަން ދުވަސްކޮޅަކަށް ޑީއެކްޓިވޭޓް ވެސް ކޮށްފަ އެވެ.

ޓިކްޓޮކްގައި ބައެއް ދިވެހިން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.