ޕެރެމައުންޓް ސްޓޫޑިއޯއިން ސެޕްޓެމްބަރު މަހު ނެރުނު ސައިކޮލޮޖިކަލް ހޮރޯ ފިލްމް "ސްމައިލް" ބޮކްސް އޮފީހުގައި ކާމިޔާބީ ހޯދަމުން އެބަދެއެވެ.
ޕާކާ ފިން ޑައިރެކްޓްކުރި "ސްމައިލް" އަށް ވަނީ ބޮކްސް އޮފީހުގައި މިހާތަނަށް 92.4 މިލިއަން ޑޮލަރު ލިބިފަ އެވެ.
މި ފިލްމުގައި ސައިކިއަޓްރިސްޓް ޑރ. ރޯޒް ކޮޓާ ލޯރާ ވީވާއާ ސައިކިއެޓްރިކް ވޯޑުން ދިމާވެ އެވެ.
ޕީއެޗްޑީ ސްޓޫޑެންޓެއް ކަމުގައިވާ ލޯރާއަށް އޭނާގެ ޕްރޮފެސަރު އަމިއްލައަށް މަރުވިތަން ފެނުނެވެ.
ލޯރާ ބުނަނީ ކޮންމެވެސް ރޫހާނީ އެއްޗެއް އެހެން މީހުންގެ ސިފައިގައި ހެވިފައި ހުންނަ ތަން ލޯރާއަށް ފެންނަ ކަމަށެވެ. އެހެން ބުނެ ހިނިތުން ވަމުން ލޯރާ އަމިއްލައަށް މަރުވެ އެވެ. އޭގެ ފަހުން ރޯޒްގެ ހަޔާތް މުޅިން ބަދަލުވެ އެވެ.
"ސަމައިލް"ގައި ޑރ. ރޯޒްގެ ރޯލް އަދާކޮށްފައިވަނީ ސޯސީ ބޭކަން އެވެ. މީގެ އިތުރުން ކައިލް ގޯލްނާ، ކާލް ޕެން، ޖުޑީ ރެއިޒް އަދި ކެއިޓްލިން ސްޓޭސީ މި ފިލްމުގައި ހިމެނެ އެވެ.
މި ފިލްމަށް ރޮޓަން ޓޮމާޓޯސްގައި 10 އިން 6.6 ލިބިފައިވާއިރު، ކްރިޓިކްސްގެ ހިޔާލުގައި މިއީ "ދަ ރިންގ"، އޮކިއުލަސް"، "އިޓް ފޮލޯސް" އަދި "ފައިނަލް ޑެސްޓިނޭޝަން" ފާޑުގެ ފިލްމެކެވެ.