ކީކިމިނި މަސް ފެކްޓަރީ

ކީކިމިނީއަށް މަސް ގަންނަން ފަށައިފި

Oct 12, 2022

ށ. ކީކިމިނީގައި ހަދާފައިވާ މަސް ފެކްޓަރީން މަސް ގަންނަން ފަށައިފި އެވެ.

ވިލާ ގުރޫޕްގެ ދަށުން ހިންގަމުން ގެންދާ އައިލެންޑް އެންޓާޕްރައިޒަސް ހިންގާ ކީކިމިނީއަށް ކަނޑުމަސް ގަންނަން ފެށީ އިއްޔެ އިން ފެށިގެންނެވެ.

ކީކިމިނީ އަކީ 1،900 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކޮށްފައިވާ ތަނެކެވެ.

މަސް ކިރުވަން ބޭނުންވާ މަސް ދޯނިތަކުން ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާ ހަމަޖެއްސުމަށް އައިލެންޑް އެންޓާޕްރައިޒަސް އިން އެދިފައިވެ އެވެ.

ގުޅަން ހާއްސަކޮށްފައިވާ ދެ ނަންބަރަކީ 799230 އާއި 9754667 އެވެ.

ކީކިމިނީ އަށް މިވަގުތު ގަންނަނީ ހަމައެކަނި ކަޅުބިލަ މަހާއި ކަންނެއްޔެވެ.

މަސް ގަންނަނީ 1.5 ކިލޯ އިން މަތިނަމަ 13 ރުފިޔާ އަށް އަދި 1.5 ކިލޯއަށް ވުރެ ދަށް ނަމަ 5.5 ރުފިޔާ އަށެވެ.