މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އަދިވެސް ނުފެނޭ

ހުޅުމާލެ އިން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އޮމަރް މިއާ (27އ) އެެވެ.

އެމްޑީ އޮމަރް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އަވަސް އިން ސުވާލުކުުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި ނަމަވެސް އޭނާ އަދި ފެނިފައި ނުވާ ކަމަށެވެ.

ބިދޭސީ މީހާ ހޯދުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތަކާއި ގުޅޭގޮތުންނާއި އަދި މި އޮޕަރޭޝަން ފުޅާކުުރުމާ ގުޅޭގޮތުން ކުރި ސުވާލަށް އޮފިސަރު ޖަވާބު ދެއްވާފައެއް ނުވެ އެވެ.

މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.