ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތުގެ އިމާމަކަށް އިލްޔާސްގެ ދަރިފުޅު

Oct 17, 2022
2
އައްމާރު އިލްޔާސް
0%
0%
0%

ސަލްމާން މިސްކިތުގެ އިމާމަކަށް އަދާލަތު ޕާޓީއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިންގެ ދަރިފުޅު -- އައްމާރު އިލްޔާސް އައްޔަންކޮށްފި އެެވެ.

އައްމާރު މި މަގާމަށް އައްޔަންކުރެއްވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގަ އެެވެ.

މަދީނާ ޔުނިވަސިޓީން ތައުލީމު ހާސިލްކުރައްވާފައިވާ އައްމާރަށް މުސާރައިގެ ގޮތުގައި މަހަކު 35،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޝައިހް އިލްޔާސް އަށް ވަނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން މީގެކުރިން ސިޔާސީ މަގާމެއް ވެސް ދެއްވާފަ އެވެ.

ސިޔާސީ މަގާމުތައް ގިނަ ކަމުން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވެސް ވަރަށް ގިނަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910