ވިޔަފާރި

ކުންމިން ފެއާގައި ބައިވެރިވާން ހުޅުވާލައިފި

Jan 16, 2016
  • ކުންމިން ފެއާ އޮންނަނީ ޖޫން މަހު
  • ފެއާގައި ބައިވެރިވާން ޖެހެނީ އަންނަ މަހު 15 ގެ ކުރިން
  • އުފެއްދުންތައް ބައިވެރި ކުރަން ޖެހެނީ އެޕްރީލް 10 ގެ ކުރިން

މި އަހަރުގެ ޖޫން މަހު ޗައިނާގައި ބާއްވާ ކުންމިން ފެއާގައި ބައިވެރިކުރުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޗައިނާގައި މި އަހަރު ބާއްވާ ސައުތު އޭޝިޔާ އެކްސްޕޯގައި ރާއްޖެއަކީ "ކަންޓްރީ އޮފް އޮނަސް" ގެ ގޮތުގައި ބައިވެރިވާ ގައުމެވެ. އެހެންކަމުން ދިވެހި ސަރުކާރުން ވަނީ ދިވެހި ގިނަ އުފެއްދުންތަކެއް މި ފެއާގައި ބައިވެރި ކުރުމަށް ނިންމާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ބުނީ ކުންމިން ފެއާގައި ރާއްޖޭގެ އުފެއްދުންތެރިކަމާއި އުފެއްދުންތައް އަދި ރާއްޖެ އިޝްތިހާރުކުރުމުގެ ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި އެހެންކަމުން މި ފެއާގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމާއި އުފެއްދުންތަކަށް މާކެޓް ހޯދުމުގެ އިތުރުން ޗައިނާގެ ވިޔަފާރިންނާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ބޭނުންވާ ފަރާތްތަކަށް މިފެއާގައި ފުރުސަތު އޮންނާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކުންމިން ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ދުވަހުގެ ކުރިއަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ފެއާގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކުގެ ތަކެތި ބައިވެރިކުރާ ތަކެތި ހުށަހަޅަން ޖެހެނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކަމަށެވެ.