އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

ގެއްލުނު މީހާ ހޯދުމަށްފަހު ހޮސްޕިޓަލަށް، ހާލެއް ނޭނގޭ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: އަވަސް
0%
0%
0%

ޑިންގީއެއްގައި މަސް ހިފަން ގޮސް މޫދަށް ފޭބި ތިން މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ އެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:32 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ ސ. ހިތަދޫ އިން ޑިންގީއެއްގައި ފުރައިގެން މަސް ހިފަން ދިޔަ ތިން މީހުންގެ ތެރެއިން ގެއްލުނު މީހާ ހޯދަމުން ދަނިކޮށް މޫދުގެ އަޑީގައި އޮއްވާ ފެނިފައިވާ ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ 12:34 ހާއިރު އެ ހޮސްޕިޓަލްގެ އެމަޖެންސީއަށް ގެންދެވުނު މީހަކަށް ފަރުވާ ދެމުންދާ ކަމަަށެވެ. އިތުރު މައުލޫމާތެއް ނުދިނެވެ.

އަވަސް އަށް އެނގިފައިވާ ހޮސްޕިޓަލްގައި ފަރުވާ ދެނީ ސ. ހިތަދޫ، ފެހިވިނަ، ޠަލާލް އަހްމަދު (24 އ) އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910