ދިރާގު

ދިރާގު ސަޅި ޕްރީޕެއިޑްގެ އާ ޕްރޮމޯޝަނެއް

ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މުޅިން އާ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

ދިރާގުން އަލަށް ތައާރަފް ކުރި "ސަޅި ކުއާޓަލީ" ޕްރޮމޯޝަންގައި ދިރާގުގެ ކަސްޓަމަރުންނަށް ތިންމަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު ހަ ޖީބީ ޑޭޓާ ލިބިގެން ދާނެ އެވެ. ތިންމަސް ދުވަހަށް އެންމެ 1،100 ރުފިޔާ ހަރަދުކޮށްގެން ޖުމުލަ 540 ޖީބީ ޑޭޓާ ލިބޭނެ އެވެ.

ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގުގެ އެޕްލިކޭޝަން މެދުވެރިކޮށް ސަޅި ކުއާޓަލީ އެކްޓިވޭޓް ކޮށްލެވޭނެ އެވެ. ނުވަތަ 343 އަށް ‘S1GB90 ‘ޖަހާފައި މެސެޖް ކޮށްގެންވެސް ސަޅި ކުއާޓަލީ އެކްޓިވޭޓްކޮށް ލެވޭނެ އެވެ.

ސަޅި ޕްްރީޕެއިޑް ޕްލޭން ތެރޭގައި "ސަޅި ވީކްލީ" އަދި "ސަޅި މަންތްލީ" ވެސް ހިމެނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭންގެ ދަށުން ކޮންމެ ދުވަހަކު ޑޭޓާ އާވާނެ އެވެ. ސަޅި ޕްރީޕެއިޑް ނަގައިގެން ދިރާގުގެ ހުރިހާ ނަމްބަރަކަށް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ތަފާތު ގިނަ އާ އޮފާތަކެއް ހެޔޮ އަގުގައި ގެނެސްދިނުމަށް ކަމުގައި ދިރާގުން ބުނެ އެވެ.