ސުޕްރީމް ކޯޓް

ސައުދީ ވަފުދާއެކު ސުޕްރީމް ކޯޓުން މަޝްވަރާތައް ފަށައިފި

Jan 17, 2016

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ދައުވަތަކަށް ރާއްޖެއަށް ޒިޔާރަތް ކރި ސައުދީ ޖަސްޓިސް މިިނިސްޓްރީގެ ވަފުދުގެ ބޭފުޅުންނާއެކު ރާއްޖޭގެ ސުޕްރީމް ކޯޓުން ބާއްވަވާ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

މިއަދު ފެށި މަޝްވަރާތަކުގައި ޝަރުޢީ ދާއިރާގެ ކަންކަން ބައްލަވާލައްވައި ރާއްޖޭގެ ޖުޑީޝަރީއާ ގުޅުން ބަދަހިކުރުމަށް ބޭނުންވާ ދާއިރާތަކުން މަޝްވަރާކުރުން އޮންނާނެ އެވެ.

ރާއްޖެ ވަޑައިގެންނެވި ވަފުދުގެ ރައީސަކީ ސައުދީޖަސްޓިސް މިނިސްޓަރު މުޝްރިފުލް ޢާންމު އަލްމުސްތަޝާރު މައާލީ ޔޫސިފް ބިން ޢަބްދުލްއަޒީޒް އަލްފައްރާޖް އެވެ. މި ވަފުދުގައި، އޭނާއާއެކު ހަތް ބޭފުޅުން ވަޑައިގެންނެވި އެވެ.

އެ ބޭފުޅުންނަކީ ފަޟީލަތުއްޝައިޚް އުސާމަތު ބިން ޢަބްދުﷲ އަލްޒައިދު އާއި އަލްއުސްތާޛު އަޙްމަދު ބިން އިބްރާހީމް އަލްޔޫސުފް އާއި އަލްއުސްތާޛު ސަޢުދު ބިން ޢަބްދުﷲ އަލްބާބްޠައިން އާއި ޢަބްދުލް މުޙުސިން ބިން ފަހްދު އަލްޝައިބީ އާއި އަލްއުސްތާޛު ސަލްމާން ބިން މޫސާ އަލްޙޫދީ އަލްއުސްތާޛު އަޙްމަދު ބިން ޙަމޫދު އަލްޝައިޤް އެވެ.