ލައިފްސްޓައިލް

މިއީ ހަމަ އަސްލު "ވެއާވުލްފެއް"ކަހަލަ މީހެއް

މީހެއްގެ މުޅި ގައިގައި އިސްތަށިފަޅާލެއް އަވަސްކަމުން ހަދާނެ ގޮތް ހުސްވެފައިވާ މީހަކު ބުނި ގޮތުގައި މީހުން އޭނާއަށް "ހަގީގީ ވެއާވުލްފެއް"ގެ ނަން މިހާރު ދީފި އެވެ. ނަމަވެސް އެހެން މީހުން އޭނާއަށް "މިސްޓަ ޓެޑީ ބެއާ" ކިޔާފައި ގޮވަން މި މީހާ އެދެ އެވެ.

އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅޭ މި މީހާގެ ގައިގައި އާދަޔާޚިލާފަށް ގިނައިން އަދި އަވަހަށް އިސްތަށިފަޅަން ފެށީ އުމުރުން 13 އަހަރުގަ އެވެ.

އޭނާގެ ގައިން ބާލާ އިސްތައްޓަކީ އާމްދަނީ ލިބޭ ވަސީލަތަކަށް މިހާރު މިމީހާ ވަނީ ހަދާފަ އެވެ.

ގައިގައި މާ ގިނައިން އިސްތަށި ހުންނާތީ ކުރިން މި މީހާ ލަދުން އުޅެ އެވެ. ނަމަވެސް މިހާރު އޭނާ އެ އިސްތަށިތައް މީހުންނަށް ދައްކަނީ ފަޚުރުވެރިކަމާ އެކުގަ އެވެ.

"މިސްޓަ ޓެޑީ ބެއާ" ބުނި ގޮތުގައި ކުރިން ރައްޓެހިވި ހުރިހާ މީހުން ވެސް އޭނާއާ ރުޅިވީ ގައިގެ އިސްތަށި ގިނަކަމުން މަލާމާތް ކޮށްފައި ކަމަށެވެ. އަދި އެމީހުން އޭނާއަށް މަޖްބޫރުކޮށްގެން ގައިގެ އިސްތަށި ބާލުވާ ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް ދެން އޭނާއަށް ޕާޓްނަރަކު ނުލިބުނަސް އިސްތަށި ނުބާލާނެކަމަށް މި މީހާ ބުންޏެވެ.

"އަހަރެން ވެއާވުލްފެއްގެ ސިފައިގައި ގަބޫލުކުރަންޏާ ކުރަންވީ. ނޫނީ އަހަރެންނާ ރައްޓެހި ނުވިޔަސް މައްސަލައެއް ނެތް،" މިސްޓަ ވެއާވުލްފް ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ކުރިން އޭނާ ލަދުގަންނާތީ ވެކްސްކޮށް އަދި ލޭޒާ ޓްރީޓްމަންޓުން ވެސް އިސްތަށިތައް ނައްތާލި އެވެ. ނަމަވެސް އެކަމުން މާ އެދެވޭ ނަތީޖާއެއް ނުނިކުމެ އެވެ. ސަބަބަކީ އިސްތަށިތައް ބާލާތާ ތިން ގަޑިއެއްހާއިރު ތެރޭ އިސްތަށިތައް އަލުން ފަޅާތީ އެވެ.

ނަމަވެސް ގައިގައި އެހާ ގިނަ އިސްތަށި ހުރުމުން ހޫނު މޫސުމުގައި ވަރަށް އުނދަގޫތައް ތަހައްމަލުކުރަން ޖެހޭ ކަމަށް އެމީހާ އެއްބަސްވި އެވެ.