ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންސާފުގެ މަގަށް ގެންދެވޭނެ ކަމުގެ އުއްމީދު ލިބިއްޖެ: ރައީސް

Nov 11, 2022
4

ރާއްޖޭގެ ހިންގުން ހެޔޮ މިސްރާބަކަށް ބަދަލުކޮށް އިންސާފުގެ މަގަށް ރާއްޖެ އަނބުރާ ގެނެވޭނެ ކަމުގެ އުއްމީދު މިދިޔަ ހަތަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން ލިބިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު ވަރަށް ރަނގަޅަށް އަލުން ހަނދާންކޮށްދެެއްވާފަ އެވެ. އެގޮތުން ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ގާނޫނާ ހިލާފު އަމަލުތަކާއި ސަރުކާރުގެ ތެރެއިން ހިންގާފައިވާ ގާނޫނާ ހިލާފު ކަންކަމުގެ ވާހަކަތައް ވަރަށް ތަފްސީލްކޮށް ރައީސް ވިދާޅުވެފަ އެވެ. އެ ވެރިކަމުގައި ރާއްޖެ އޮތީ ވެސް ދުނިޔެއާ މުޅިން ވަކިވެފައި ކަމުގައިވެސް ވިދާޅުވި އެވެ.

"[އޭރު] އެއްބަސްނުވާ ކޮންމެ މީހަކު ވެގެން ދިޔައީ ވެރިކަމުގެ ހަތުރަކަށް،" ރައީސް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ގާނޫނާ ހިލާފު ކަންކަން ފާހަގަކުރެއްވުމަށްފަހު ރައީސް ސޯލިހް ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަތުމުން ދިވެހިން ތިބީ އިންސާފު ނުލިބިދާނެ ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގެ ވެރިކަމުގެ މިސްރާބު ހެޔޮ މަގަށް ބަދަލުކުރެވިފައިވާތީ އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަ ކުރެވިދާނެ ކަމުގެ އުއްމީދު މިވެރިކަމުގެ ހަތަރު އަހަރުގެ ތެރެއިން ރައްޔިތުންނަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވީ އިންސާފުވެރި ހެޔޮވެރިކަމެއް ކަމަށެވެ. ފާއިތުވި ހަތަރު އަހަރު އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރީ ރައްޔިތުން ބޭނުންވި ހެޔޮވެރިކަން ހޯދައިދިނުމަށް ކަމުގައިވެސް ވިދާުވި އެވެ. އެގޮތުން މިދިޔަ ހަތަރު ރައްޔިތުންނަށް ހިދުމަތް ކުރެއްވީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެންމެ ހަތަރު އަހަރުން އޯގަތެރިކަމާއެކު ހަމަ މަގުން ދައުލަތް ހިންގާނެ ހަމަތައް ފުރިހަމަ ނުކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތުގައި ސާބިތު ކުރިއަށް ވަޑައިގަންނަވާނެ ކަމުގައި ވިދާޅުވި އެވެ.

"މިހާތަނަށް ރާއްޖެ ހިންގަމުން އައިސްފައުވަނީ އިޖުތިމާއީ އަދި އިގުތިސާދީ ތަފާތުތަކާ އެކު. އެކަމަށް ޒަމާނާ ގުޅޭ ކޮންމެހެން ބޭނުން ބަދަލުތައް ގެނައުމަކީ އަޅުގަނޑުވީ ވައުދެއް. އޭގެ ފެށުމަކީ މިހާރު އެކަށައެޅި އިދާރީ ގޮތުން ރާއްޖެ ހިނގަމުންދާ ލާމަރުކަޒީ ބޮޑު ބަދަލުތައް،" ރައީސް ވިދާޅުވި އެވ