ފޮރިން މިނިސްޓްރީ

ހޫގޯ ސްވެއާ ފުރާވަޑައިގެންފި

އިނގިރޭސިވިލާތު ފޮރިން އެންޑް ކޮމަން ވެލްތް އޮފީހުގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސުވަޔާ ފުރާވަޑައިގަނެފި އެވެ.

ސްވަޔާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހުކުރުދުވަހު އެވެ. ދަތުރުފުޅުގައި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީނާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި ރާއްޖެއާ މެދު ހުރި ބައެއް ކަންބޮޑުވުންތަކާއި އަދި ދެގައުމު ދެމެދު ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރެއްވި އެވެ.

ދެދުވަހަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށް ފަހު ފުރާވަޑައިގަތީ މިއަދު އެވެ. ފުރުވަން ވަޑައިގަންނެވީ ދުންޔާ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުގެ މައްސަލައާ ބެހޭ ގޮތުން ހޫގޯ ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.